އިންތިހާބު ފަސް ކުރުމަށް އެއްވެސް ޕާޓީއަކުން އެދިފައެއް ނެތް: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެއްވެސް ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައި ނުވާ ކަމަށް އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިއަދު ވިދާޅުވެއްޖެއެވެ

އަކްރަމް މިފަދައިން ވިދާޅުވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޝިޔާމް ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް އެމްޑީޕީއިން އިލެކްޝަން ކޮމިޝަންގައި އެދޭނެކަން އޭނާއަށް މާކުރިން ވެސް އެނގޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އެއްވެސް ޕާޓީއަކުން އަދި އެއްވެސް ފަރާތަކުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށާއި ކޮމިޝަނުންވެސް އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލު ކޮށްފައިވާއިރު އިލެކްޝަނުންނާއި އަދި ސިޔާސީ ޕާޓީތަކުންވެސް އަންނަނީ އެ އިންތިހާބަށް ތައްޔާރުވަމުންނެވެ. އެގޮތުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީއާ އިދިކޮޅު ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް މިހާރު ވަނީ ލޯންޗުވެސް ކޮށްފައެވެ. އަންނަ މަހުގެ 13ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ ކެމްޕެއިންވެސް ރަސްމީކޮށް ލޯންޗު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *