2020ވަނަ އަހަރު ދުނިޔޭގައި ނުރައްކާތެރި ވައިރަހެއް ފެތުރޭނެ ކަމަށް ބުނެ މީގެ 31 އަހަރުކުރިން ލިޔެފައިވާ ފޮތެއް!

މީގެ 39 އަހަރު ކުރިން ކޫންޓްޒް ލިޔެފައިވާ ވާހަކަ ފޮތުގައި ވޫހާން-400 ވައިރަސްގެ ވާހަކަތައް ބަޔާންކޮށްފައިވާ ސޮފްހާތައް އަދި ވާހަކަފޮތުގެ ނަން--

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަކީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ދުނިޔޭގައި ފެތުރޭނެ ކަމަށް ވާހަކަ ލިޔުންތެރިޔާ ޑީން ކޫންޓްޒްގެ ނަމަކަށް ކިޔާ މީހަކު ލިޔެފައިވާ "ހިޔާލީ" ވާހަކަ ފޮތެއްގައި ބުނެފިއެވެ.

ކޮވިޑް-19 ވައިރަސް ދުނިޔެއަށް ފުރަތަމަ ފެތުރިފައިވާ ކަމަށް އިއުލާންކޮށްފައި ވަނީ 2019 އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އަދި ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހަކު މަރުވެފައިވާ ކަމަށް ފުރަތަމަ އިއުލާންކޮށްފައި ވަނީ ޗައިނާއިންނެވެ. އަދި މި ވައިރަސް ފުރަތަމަވެސް ޖެހިފައިވަނީ ޗައިނާގެ ސިޓީއެއް ކަމަށްވާ ވުހާން ސިޓީންނެވެ. އެކަން އިއުލާންކޮށްފައި ވަނީ ޗައިނާއަށް ނިސްބަތްވާ ޑޮކްޓަރެކެވެ. އެދުވަހުން ފެށިގެން މިއަދާއި ދެމަހެއްހާ ދުވަސް ވެފައިވާއިރު އެ ބަލިން މަދުން ނަމަވެސް މީހުން ވަނީ ސަލާމަތްވެފައެވެ. އެހެންނަމަވެސް އަދިވެސް އެ ވައިރަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މަރުވަމުންދާ އަދަދުވެސް މަދެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް މިވައިރަސް ފެތުރޭ ގައުމުތައް އަންނަނީ އިތުރުވަމުންނެވެ.

މި ވައިރަހަކީ މިހާރު ދުނިޔެއަށް ފެތުރިފައިވާ ބޮޑު ބިރެކެވެ. ހަނގުރާމަތަކުގައި އަޅާ ބޮމަކަށް ވުރެވެސް މި ވައިރަހުގެ ބިރުވެރިކަން މާ ބޮޑެވެ. މިއީ ވައިގެ ތެރޭގައި އުދުހެމުންދާ ބޮމެއް ފަދަ އެއްޗެކެވެ. ޖެހޭނެ ވަގުތެއް އެނގެނީއެއް ނޫނެވެ.

ސުވާލަކީ މިއީ އަނެއްކާ ބަޔަކު ގަސްތުގައި ކުރި ކަމެއް ހެއްޔެވެ. ނޫނީ ބަޔަކު ދޫކޮށްފައިވާ ބޮމެއް (އެއާ ބޯން ޑިޒީޒް)އެއް ހެއްޔެވެ؟ އަދި ގަސްތުގަ ކުރި ކަމެއް ނަމަ އެކަމުން އެފަދަ ބަޔަކަށް މިއަދު ހާސިލްވަނީ ކޮންފަދަ މަންފާއެއް ހެއްޔެވެ. މިފަދަ ސުވާލުތައް އެތައް ބައެއްގެ ހިތަށް އަރާ ފައިބައެވެ. ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބެއެވެ.

މީގެ 31 އަހަރު ކުރިއެވެ. 1981 ވަނަ އަހަރު ތެރޭގައި، ޑީން ކޫންޓްޒް ނަމަކަށް ކިޔާ އެމެރިކާއަށް ނިސްބަތްވާ ލިޔުންތެރިއެއް ލިޔެފައިވާ "ދަ އައިސް އޮފް ޑާކްނެސް" ނަމަކަށް ކިޔާ ފޮތެއްގައި ކޮވިޑް-19 އާ އެއްގޮތް ޒާތެއްގެ ވައިރަހެއް ދުނިޔޭގައި ފެތުރޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ވައިރަހަށް ކިޔާފައި ވަނީ މުޅިން އެހެން ނަމެކެވެ. ހައިރާންކަން ގެނުވާ ކަމަކީ އެ ފޮތުގައި ބުނެފައިވާ ނަމާއި މި ވަރައިސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ސިޓީގެ ނަމާއި އެއްގޮތްވުމެވެ. އެ ފޮތުގައި ބުނެފައިވާ ގޮތުގައި ދުނިޔެއަށް "ވޫހާން-400" ނަމަކަށް ކިޔާ ވައިރަހެއް ފެންނާނެއެވެ.

އެ ވާހަކަ ފޮތުގައި ބުނެފައިވާ ވޫހާން-400 އެ ނަން ވައިރަހަށް ދީފައިވާ ސަބަބުވެސް ބަޔާން ކޮށްފައިވެއެވެ. އެ ނަން އެ ވައިރަހަށް ދީފައިވާ ވޫހާން ސިޓީގެ ރިސާޗް ލެބޯރަޓޮރީ (އާރްޑީއެންއޭ ލެބްތަކުގައި) އެ ވައިރަސް ހަދާފައިވާތީ ކަމަށް ވެސް ފޮތުގައި ބުނެފައިވެއެވެ.

ކޮންމެއަކަސް މީގެ 31 އަހަރު ކުރިން މިފަދަ ވައިރަހެއް ދުނިޔެއިން ފެންނާނެ ކަމަށް މީހަކު ލިޔެފައިވާނެ ކަމަށް މީހަކު ހިތަށްވެސް ނާރާނެއެވެ. މިކަން ފެންމަތިވީ ނިކް ހިންޓަން ނަމަކަށް ކިޔާ މީހަކު ޓްވީޓާގައި ލިޔުމުންނެވެ. އޭނާ ވަނީ ވާހަކަ ލިޔުންތެރިޔާ ޑީން ކޫންޓްޒްގެ ލިޔެފައިވާ ފޮތުގެ ސޮފްހާއެއް ކަމަށްބުނެ ޕޯސްޓެއް ކޮށްފައެެވެ. އަދި އޭނާ ވަނީ އެ ފޮތުގައި ލިޔެފައި ހުރި އެއްޗެހީގެ ސްކްރީންޝޮޓެއް ވެސް ނަގާފައެވެ.

"ވޫހާން-400 އަކީ އެންމެ ވަރުގަދަ އަދި ޕާފެކްޓް ވެޕަން. އޭގެ އަސަރުކުރާނީ ހަމައެކަނި އިންސާނުންނަށް. އިންސާނުން ނޫން އިތުރު އެއްވެސް ދިރޭ ތަކެއްޗަކަށް އޭގެ އަސަރެއް ނުކުރާނެ. އަދި ސިފިލިސް ގޮތައް " ވޫހާން-400" މި ވައިރަސް ދިރިހުރި އިންސާނެއްގެ ހަށިގަނޑުގެ ބޭރުން އެންމެ މިނެޓަކަށްވެސް ސަވައިވް އެއް ނުވާނެ. އޭގެ މާނައަކީ އެ ވައިރަހަށް ދާއިމީކޮށް ކޮންޓަމިނޭޓު ނުކުރެވޭނެ ކަމަށް އެހެނިހެން މައިކްރޯއޯގަނިޒަމް ތަކަށްވާ ފަދައިން" އެ ފޮތުގަ ލިޔެފައިވެއެވެ.

ވޫހާން-400 އަދި ކޮވިޑް-19 އާ ހުރި އެއްގޮތް ކަމާއި ތަފާތުކަން!

ވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ. ކޫންޓްސް ލިޔެފައިވާ އެ ފޮތުގައިވެސް ވޫހާން-400 ގެ އަލާމާތްތަކުގެ ގޮތުގައިވެސް ބުނެފައިވަނީ ދާދި އެއްގޮތް ވާހަކަތަކަކެވެ.

ހަމަމިއާއެކުގައި ވޫހާން-400 އާ ގުޅޭ ގޮތުން އެ ފޮތުގައި ލިޔެފައިވަނީ އެ ވައިރަސް ޖެހުމާއެކު ހަތަރު ގަޑިއިރު ތެރޭގައި އޭގެ އަސަރުކުރާނެ ކަމަށެވެ. އަދި އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި، އިންސާނާގެ ސިކުނޑީގެ ޓިޝޫތަކަށް އެސިޑް އެޅުމުން ވިރިގެންދާނެ ފަދައިން ހަލާކުވެގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ވައިރަސް ޖެހުމުން ޔަގީނުންވެސް މީހާ މަރުވާނެކަމަށް ބުނެފައިވެއެވެ. ހަމައެކަނި އެއްގޮތްވާ ތަނަކީ ވައިރަސް އުފެދެނީ ވޫހާން ސިޓީން ކަމަށް ބުނެފައިވާ ބުނުމެވެ. އެހެންކަމުން މިއީ މިހާރު ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ތަފާތު ކަންތައްތަކެކެވެ.

ކޮންމެއަކަސް ހައިރާންކަން ގެނުވާ އެންމެ ބޮޑު ކަމަކީ ވޫހާން-400 ދުނިޔެއިން ފެންނާނެ ކަމަށް އެ ފޮތުގައި ވެސް ބުނެފައިވާ އަހަރެވެ. އެ ފޮތުގައި ވޫހާން-400 ދުނިޔެއިން ފެންނާނެ ކަމަށް ބުނެފައިވަނީ މި ހިނގާ 2020ވަނަ އަހަރުގެ ތެރޭގައެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ މި ފޮތް ނެރުނީ 1981ވަނަ އަހަރުއެވެ. އޭރުވެސް މިފަދަ ޒާތެއްގެ ވައިރަހެއް ދުނިޔެއިން ފެންނާނެ ކަމަށް ކޫންޓްސް ލިޔެފައިވެއެވެ. އެ އަހަރު ނެރުނު ފޮތުގައި ކޫންޓްސް ބުނެފައިވަނީ ދުނިޔެއިން ގޯކީ-400 ނަމަކަށް ކިޔާ ވައިރަހެއް  ފެންނާނެ ކަމަށެވެ. 1981ވަނަ އަހަރު ނެރުނު ފޮތުގައި ގޯކީ-400 ވައިރަސް އުފެއްދި ބައެއް ކަމަށް ބުނެފައިވަނީ ރަޝިޔާއެވެ.

ނަމަވެސް ދުނިޔޭގައި އޭރު ހިނގާދިޔަ ގިނަ ކަންތައްތަކާއި ގުޅިގެން ކޫންޓްސް ދެވަނަ ފަހަރަށް މި ފޮތް ނެރުނެވެ. އެއީ 1989ވަނަ އަހަރުއެވެ. 1989 ވަނަ އަހަރު ނެރުނު ފޮތުގައި ވަނީ ވޫހާން-400 އާއި ބެހޭ ގޮތުން ލިޔެފައެވެ. ސުވާލު އުފެދޭ ކަމަކީ މީގެ 31 އަހަރު ކުރިން މިޒާތުގެ ވައިރަހެއް ދުނިޔެއިން ފެންނާނެ ކަމަށް ކޫންޓްސްއަށް އެނގުނީ ކިހިނެއް ހެއްޔެވެ. މިކަމާއި ގުޅިގެން ކޫންޓްސް އެއްވެސް ނޫހަކަށް އިންޓަވިއުއެއް ދީފައެއް ނުވެއެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 އަށް 89،879 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 3،069 އަށް އަރާފައެވެ. އަދި އެ ބަލިން ސަލާމަތްވި މީހުން 45،636 އަށް އަރާފައިވާއިރު މިވަގުތު މި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 41،174 އަރައެވެ. އޭގެތެރެއިން ސީރިއަސް ހާލަތުގައި ތިބީ 7،374 މީހުންނެވެ. ސީރިއަސް ނޫން ހާލަތެއްގައި ނުވަތަ ރަގަޅު ވަމުންދާ މީހުންގެ އަދަދު 33،800 އަށް އަރައެވެ.2020ވަނަ އަހަރު ދުނިޔޭގައި ނުރައްކާތެރި ވައިރަހެއް ފެތުރޭނެ ކަމަށް ބުނެ 31 އަހަރުކުރިން ލިޔެފައިވާ ފޮތެއް!

ހިޔާލު ދެއްވާ!

Your email address will not be published.