އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރި ވަލުތެރޭގައި އަލިފާން ރޯވެއްޖެ

އަލިފާންގަނޑު ރޯވެފައި/ ފޮޓޯ- އެމްއެންޑީއެފް

އައްޑޫސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީ ވަލުތެރޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މައުލޫމަތު ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުުރު 12:37 ހާއިރު ކަމަށެވެ.

އަލިފާންގަނޑުވަނީ 200 ފޫޓަށް ފެތުރިފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ 14:00 ހާއިރު ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.