ދީނާއި ގައުމުގެ ދިފާއުގައި ޖޭޕީން ނުކުންނާތީ ބަގާވާތް ކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ) އަދި ފޭދޫ ދާއިރާގެ މެމްބަރު ނިހާދު: ނިހާދު ތުހުމަތު ކުރެއްވީ ބަގާވާތެއް ކުރަން އުޅޭ ކަމަށް--

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓްނަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން “ދީނާއި ގައުމުގެ ދިފާއުގައި” ޖަލްސާއަކަށް ގޮވާލުމުން، ބަގާވާތެއް ކުރަން އުޅޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ނިހާދު އެގޮތަށް ތުހުމަތު ކުރައްވައި ވާހަކަފުޅު ދެއްކެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖޭޕީ އޮވެ، ގައުމުގެ ދިފާއުގައި ކަމަށް ބުނެ، އެ ޕާޓީން ނުކުތުމުން ކޯލިޝަންގެ ބައިވެރިއަކަށްވާނެތޯ ނިހާދު ވަނީ ސުވާލު އުފައްދާފައެވެ.

“އަޅުގަނޑު މި ގޮވާލަނީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް މި ގައުމުގައި ބަގާވާތެއް ކުރަން ނޫޅޭށޭ. އެހެންކަމުގައިވާނަމަ، ތިމަންނާ ކޯލިޝަނުން ނުކުމެއްޖައީމޭ، ތިމަންނާ މި ނުންނަނީ ހަމަ އަނެއްކާވެސް ބަގާވާތެއް ކުރަން ކުރަންށޭ ކިޔާފަ، އިއުލާން ކުރުމަށްފަހު މި އެއްވުމަށް ގޮވާލާށޭ،” ނިހާދު ވިދާޅުވިއެވެ.

ނިހާދުގެ ވާހަކަ ނިންމަވާލައްވަމުން ބަގާވާތް ކުރަން ނޫޅުމަށް ނިހާދު ގޮވާލެއްވިއެވެ.

ދީނާއި ގައުމުގެ ދިފާއުގައި ކަމަށް ބުނެ، ޖޭޕީން ޖަލްސާ ބާއްވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައެވެ. އެ ޖަލްސާ އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Kurin mdp ah baraabarah thaaeedhu kuri meehwh ma mii
    Feydhoo mp nihaadhi miee haadha kandu k*$
    Meehekey , mdp ehn mp s vx eba thibi dheenah furahsaara kureema faalhuaga noonas ekamaa dheraa mp s
    Ekm mi dhauruga fennamun dhaa emme kada mp eh kamah ma gabulu kuranee

ހިޔާލު ދެއްވާ!

Your email address will not be published.