ލާމަރުކަޒީ ނިޒާމާ ދެކޮޅު ހައްދަވައި، ޔާމީން ދެއްކެވި ވާހަކަ މަޖިލީހަށް އިއްވައިފި

ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ޔާމީން ދެއްކެވި ވާހަކަފުޅު މަޖިލީހަށް އިއްވަނީ--

ލާމަރުކަޒީ ނިޒާމާ ދެކޮޅު ހައްދަވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2018 ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ދެއްކެވި ވާހަކަފުޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވައިފިއެވެ.
ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް ޔާމީން ވިދާޅުވި ވާހަކަ މަޖިލީހަށް އިއްވަވައި ދެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. މަތީ ތައުލީމުގެ ބިލަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ވަނީ އޭނާގެ ފޯނު، ޔާމީންގެ އެހެން ވިދާޅުވި ވާހަކަ މަޖިލީހަށް އިއްވާފައެވެ.

ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ޔާމީން ދެއްކެވި ވާހަކަފުޅު ހަސަންގެ ފޯނުން މަޖިލީހަށް އިއްވަނީ

ހަސަން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމުގެ ވާހަކަ އިދިކޮޅުން ދައްކަނީ ވިސްނުމެއް އޮވެގެން ނޫން ކަމަށެވެ. އިންތިހާބެއް އޮތީތީ އިދިކޮޅުން ވާދަކުރަނީ ކަމަށް ހަސަން ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ޔާމީން ދެއްކެވި ވާހަކަފުޅަކީ ގައުމީ ޔުނިވާސިޓީން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ ބަހުސްގައި އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުޅެކެވެ. ރިޔާސީ ބަހުސްގައި ޔާމީނާ އެ ސުވާލު ކުރައްވައި މިހާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ)އެވެ.

ރިޔާސި ބަހުސްގައި ޔާމިން ވިދާޅުވެފައި ވަޏީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމު ގަބޫލުނުކުރާ ސަބަބަކީ ލާމަރުކަޒީ ނިޒާމު ހިންގަން އުޅެގެން ވަރަށް ބޮޑެތި އުނދަގޫތަކާ ރާއްޖެއިން ކުރިމަތިލާފައިވާތީ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *