ބާ ކައުންސިލްގެ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް

ބާ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސްއާ މެންބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި -- ފޮޓޯ / މަޖިލިސް

ގާނޫނީ ފަންނުގެ ގާނޫނުގެ ސަބަބުން، މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނު އިސްލާހު ކުރަން ގޮވާލާ ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް އެ ދާއިރާއިން ކިޔަވާ ދަރިވަރުން ފަށައިފިއެވެ.

މިދިޔަ އަހަރު ކިޔަވާ ނިންމި އެތައް ދަރިވަރުންތަކެއް އަދިވެސް ތިބީ ގާނޫނީ ވަކީލު ކަމުގެ ހުވާ ނުކުރެވިފައެވެ. ގާނޫނުގައި ގޮތުން ނަމަ، ވަކީލުކަމުގެ ލައިސެންސް ލިބެނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުންނެވެ.

ދަރިވަރުން މިހާރު ތައްޔާރުކުރަމުންދާ ޕެޓިޝަނުގައި ބުނެފައި ވަނީ، ތަމްރީނު ހަދަން ކަނޑައެޅިފައިވާ ތަންތަނުގެ އަދަދު މަދުވުމުން އެ ތަންތަނުން ހުރިހާ ދަރިވަރުންނަށް ތަމްރީނު ދެވޭނެކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. ވަޒީފާ އަދާކުރާ ދަރިވަރުންނަށް މި ތަމްރީނަކީ ތަކުލީފެއްކަމަށް ޕެޓިޝަނުގައި ބުނެފައިވާއިރު ތަމްރީނު ދޭ ތަންތަނުން ދަރިވަރުން އަތުން ތަމްރީނަށް ފީއެއް ނެގުން އެކަށީގެންވާތީ، ޕެޓިޝަނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ޕެޓިޝަން ތައްޔާރު ކުރަމުންދާ ދަރިވަރުން މަސައްކަތް ކުރަމުން ދަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރެއްގެ ފަރާތުންނެވެ. އެކަން ނާކާމިޔާބުވެއްޖެ ނަމަ މިނިވަން މެންބަރެއްގެ ގޮތުގައިވެސް މަޖިލީހަށް އެ ޕެޓިޝަން ވެއްދުމަށް އެ ދަރިވަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.