“ދީނާއި ގައުމުގެ ދިފާއުގައި” ޖޭޕީގެ ޖަލްސާއެއް ކާނިވަލުގައި

މީގެކުރިން ޖުމްހޫރ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / ވީ ނިއުސް

“ދީނާއި ގައުމުގެ ދިފާއުގައި” ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބާއްވަން އެޕާޓީން ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭގައި ކަމަށާއި ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދުގައެވެ. ކާނިވާ ސަރަހައްދު ހޯދުމަށްޓަކައި އެޕާޓީން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ.

މި ޖަލްސާ އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީންއެވެ. ޔާމީން ވިދާޅުވީ ޖޭޕީއަކީ ބަސް ބުނަން ޖެހިއްޖެ ހިނދެއްގައި އަބަދުވެސް ބަސް ބުނާނެ ޕާޓީއެއް ކަމަށެވެ. އަދި ވިދާޅުވީ އެޕާޓީގެ މައިގަނޑު މަސްދަރަކީ އަބަދުވެސް އިސްލާމްދީނާއި ދިވެހި ގައުމު ކަމަށެވެ.

މި ޖަލްސާގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުންވެސް އޮންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޖޭޕީގެ ޖަލްސާއެއް ކާނިވަލުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިދިޔަ މަހުގެ ފަހު ދެ ހަފްތާގެ ހުކުރު ދުވަހު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަދި އެއަށްފަހު އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ވަނީ ކާނިވަލުގައި ބާއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.