ކުޅުދުއްފުށި ސިޓީގައި އިމާރާތް ކޮށްފައިވާ ރޯހައުސްތައް މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ކުޅުދުއްފުށި ރޯހައުސްތައް މަރާމާތު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ފެނަކަ

ހދ.ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކޮށްފައިވާ ރޯ ހައުސްތައް މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ފެނަކަ އާއި ކަމަށްވާއިރު އެ ކުންފުނީގެ ފަރާތުން މި މަސައްކަތް ކުރުމަށް ހަވާލުކުރީ ޓިކް ޓަކް އިންވެސްމެންޓާއެވެ.

މިކަމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދެވެ. އަދި ޓިކް ޓަކް އިންވެސްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު އަސްލަމްއެވެ.

އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 11,500,000.03 ރުފިޔާ އަށެވެ. އެހެންކަމުން މި މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ނިންމަން ޖެހެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތްކޮށްފައިވެއެވެ. ނަމަވެސް ގިނަ ދުވަސްވުމުން އެ ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.