14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައެއް ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވާ ޕޯސްޓެއް-

ސާދަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްޕަ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ ހިނގީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ޑިވިޝަންގައި ހިމެނޭ އަތޮޅުތަކަކީ ކ އަތޮޅާއި އއ އަތޮޅާއި އދ އަދި ވ އަތޮޅެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރު ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް ކުދިންގެ އަތޮޅާއި ރަށް ހާމަ ނުކުރަނީ އެކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ބުންޏެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *