ޒަހާގެ މަސައްކަތައް ނަޝީދު ދެއްވީ އޭ ރިޕޯޓެއް!

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަޙީދުއާ ސުވާލު ކުރެއްވުން/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ކުރައްވާފައިވާ މަސައްކަތްތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭ ރިޕޯޓެއް ދެއްވައިފި އެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރު ޒަހާ ހާޒިރުކޮށްފައިވަނީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން ވެގެންނެވެ. ޖާބިރު ކުރެއްވި ސުވާލަކީ މަސްވެރިކަން ޒަމާނީ ކުރުމަށް އެއްވެސް ދިރާސާއެއް ސަރުކާރުން ކޮށްފައިވޭތޯ އެވެ. އަދި އެން ހޯދަން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދަން ކުރައްވަނީ ކޮން މަސައްކަތްތަކެއްތޯވެސް ޖާބިރު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި މިނިސްޓަރު ޒަހާ ވިދާޅުވީ، އެފަދަ އެއްވެސް ދިރާސާއެއް ހެދިފައި ނެތްކަމަށާއި، ނަމަވެސް އެކަމާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ގއ. މާނާގަލާގައި އެން އާލާކުރުުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

މީގެއިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްވެސްވަނީ މިނިދސްޓަރު ޒަހާއާއި ސުވާލު ކުރައްވާފައެވެ. މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ދިއްފުށީ ބޮއި ކަނޑައިގެންގޮސްފައި ވާތީ އެބޮއި އަލުން އަޅަން ކިހާ ދުވަހެއް ނަގާނެތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި މިނިސްޓަރު ޒަހާ ވިދާޅުވީ، ދިއްފުށި ބޮއި މިއަދު ހެނދުނު އަޅައި ނިމިއްޖެ ކަމަށެވެ. އަދި އެއާ އެކު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރުގެ މަސައްކަތަށް ރިޕޯޓުގައި ގްރޭޑް ދޭންޖެހޭ ކަމަށްވާނަމަ ދެއްވާނީ އޭ ގްރޭޑެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ މިނިސްޓަރު ޒަހާއަށް މަރުހަބާ ދަންނަވާފައެވެ. އަދި މިނިސްޓަރު ޒަހާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ޔޫރަޕިއަން ޔުނިއަނުން އޮތީ ދިވެހިރާއްޖޭގެ މަސް ނުގަންނަ ހިސާބަށް އައިސްކަމަށާއި، އެހެންނަމަވެސް ޒަހާ މަގާމާއި ހަވާލުވުމަށްފަހު، މިދިޔަ އެއް އަހަރު ދުވަހުގެ މަސައްކަތުން އެކަމުން ދިވެހިރާއްޖެ އަރައިގަނެވިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ޒަހާއަށް ތައުރީފު ކުރައްވާފައިވާއިރު ސަރުކާރު ހިންގާ އެމްޑީޕިއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ މިނިސްޓަރުންނަށް ފާޑުކިޔައިފަ އެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވަނީ ޒަހާ އިސްތިއުފާއަށް ގޮވާލައިފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.