ބިގްމޭން ކެފޭގައި އަލިފާން ރޯވެ ބިދޭސީއަކު ފިހިއްޖެ

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ/ ފޮޓޯ- އެމްއެންޑީއެފް

ޗާންދަނީމަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިހާދިދސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:00 ހާ އިރު ކަމަށޭވެ. އަދި އަލިފާނުގެ ހާދިސާ ހިނގީ ޗާންދަނީމަގުގައި ހުންނަ ބިގް މޭން އެންޑް ކޯ ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ އަލިފާނުގެ ހާދިސާގައި ބިދޭސީއަކު ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ފިހުނު މީހާ ލައިގެން ހުރި ޓީޝާޓް/ ފޮޓޯ- އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި އެ ކެފޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *