ސީއެސްސީގެ ރައީސްއާ އެކު ހަތަރު މެންބަރުންވެސް ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ސިވިސް ސާވިސް ކޮމިޝަންގެ އިސްވެރިން މަޖިލިސް ކޮމެޓީގައި -- ފޮޓޯ / މިހާރު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަލީ ޝަމީމާއި އެކު އެ ކޮމިޝަންގެ ހަތަރު މެންބަރުންވެސް ކޮމިޝަނުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.

އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޝަނުން ވަކިކުރަން ފާސްކުރީ ސީއެސްސީގެ ރައީސް ޑރ. ޝަމީމްގެ އިތުރުން، ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަން މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގު ވަކިކުރުމަށް ކޮމެޓީއަށް ހާޒިރުވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހުގެ 10ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދައުލަތުގެ ހުރިހާ ވަޒީރުން ހާޒިރު ކުރެއްވިއެވެ. އަދި ވުޒާރާތައް ހިންގުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ސާފުކުރިއެވެ. އެގޮތުން ކޮމެޓީގައި ވަޒީރުން ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އަމަލުތައް ހުންނަ ގޮތުން ވުޒާރާ ހިންގުމަށް ދަތިވާ ކަމަށް ވިދާޅުވެފައެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެމްބަރުން ވަކިކުރަން ފާސްކުރީ އެބޭފުޅުންގެ ކިބައިގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ކޮމިޓީއަށް ފެނުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *