ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ކާރެއްގައި ބަހަކުން ޖެހި، ވިއްސައިގެން ހިނގައްޖެ

ގަވާއިދާ ހިލާފަށް ޕާކު ކުރި ކާރު، ވިއްސައިގެން ގޮސް، ޖެހުނުތަނުގައި— ފޮޓޯ/ ހަތާވީސް އޮންލައިން

ހުޅުމާލޭގެ އެންމެ ކާރުބާރު ބޮޑު މަގު، ނިރޮޅުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީ ބަހެއް ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނު އެ އެކްސިޑެންޓު ހިނގާފައި ނިރުޅުމަގު، ހަތްތަރިމާޓު ކައިރީގައެވެ. ހުޅުމާލެ ފޭސް 2އަށް ދަތުރުކުރަމުންދިޔަ ބަސް އެކްސިޑެންޓުވީ ނިރުޅޮމަގުގެ އެއް ފަރާތުގައި ޕާކުކޮށްފައި އޮތް ކާރުގައި ޖެހިގެންނެވެ. ބާރު ސްޕީޑުފައި އައި ބަސް، ކާރުގެ ފަހަތުގައި ޖެހުމާ އެކު، ކާރު ވިއްސައިގެން ގޮސް، ހޮޅިދަނޑިއެއްގައި ވެސް ޖެހެއެވެ. އަދި ކާރު ވިއްސައިގެން 10 ވަރަކަށް ފޫޓަށް ދިޔައެވެ.

މި ހާދިސާ ހިނގިއިރު، ކާރުގައި މީހަކު ނެތެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ހުޅުމާލެ ނިރޮޅުމަގުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހެއް ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 10:07 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ަކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެމްޓީސީސީގެ ބަސްޑުރައިވަރުންނައް އެއްގަމުދަތުރުފަތުރުގެ ގަވައިދާހިލާފައް ބާރައްދުވުމުގެ ހުއްދައެއް އޮންނަނީތޯ ނުނީ ބަސް މަޑުން ނުދުއްވެނީތޯ ހީވަނީ ތާކުރޯވެގެން އަލިފާންނިވާ ލޮރީ އަންނަހެން މިބޮޑުވަރު

ހިޔާލު ދެއްވާ!

Your email address will not be published.