ގަލޮޅު ދަނޑުގައި ކުޅުނު މެޗެއް ހޫނުވެ، ރެފްރީ “ފިލައިފި”

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު ދޫކޮށް، ރެފްރީ ދިއުމުން މެޗު ހުއްޓިފައި

ގަލޮޅުގަނޑުގައި މިއަދު ހަވީރު ކުޅުނު މެޗެއް ހޫނުވެ، މާރާމާރީ ހިންގަން އުޅުމުން ރެފްރީ ފިލައިފިއެވެ.

ރެފްރީ ފިލީ ޓީމެއްގެ އޮފިޝަލުންނާއި ސަޕޯޓަރުންތަކެއް އޭނަ ފަހާ ދުވުމުންނެވެ. ދަނޑު މަތިން ފައިބައިގެން ރެފްރީ ގޮސް ވަނީ ދަނޑުގައި ހުންނަ ރޫމަކަށެވެ.

މިއަދު ހަވީރު ކުޅުނީ ބުރު ސްޕޯޓްސް އާއި ކްލަބް ޓީނޭޖެވެ. ރެފްރީ ދަނޑުން ފައިބައިގެން ދިޔައީ މެޗު ނިމެން ފަސް ވަރަކަށް މިނެޓަށްވެފައިވަނިކޮށެވެ. އޭގެ ފަހުން މެޗު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މެޗު ހުއްޓާލިއިރު، 1-3 ގެ ކުރީގައި އޮތީ ބުރު ސްޕޯޓްސް ކްލަބެވެ.

މެޗު ހުއްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކްލަބް ޓީނޭޖުގެ ޓީމު ވަނީ ދަނޑުދޫކޮށް ގޮސްފައެވެ. އެއަށްފަހު މެޗު އޮފިޝަލުން ނިންމާފައި ވަނީ އެ މެޗުން މޮޅުވީ ބްރު ސްޕޯޓްސް ކްލަބު ކަމަށެވެ. މިއަދު ކުރިއަށްދިޔައީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ މެޗުތަކެކެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މާރާމާރީ ހިންގަން ފުރުސަތު ދޭކަށްނުން މި ގައުމުގަ އޮތިއްޔާ އޮތް ގޭންގް ތަށް ސްޕޯރޓްސް ކުލަބުތަކަށްހަދާ އެކަން މަގުފަހި ކޮށްދިނީ. ދަނޑަށް މެޗެއް ބަލާލަން ނުވަދެވޭ އައުގުރާނަ ގޮވާވަރުން. މަގުފަހި ކޮށްދީފަ އޮތް އިރު މަށައްމަދީ މާރާމާރީ ހިންގާލެއް.

  2. އާނއެކެވެ. ފިލަން ޖެހޭ ހާލަތަށް ދިޔައިމަ ރެފްރީ ވެސް ފިލާނެ. ދިވެހި ފުޓްބޯޅައިގަ ރެފްރީއަކީ ކަތިލަން ގެންގުޅޭ ބަކަރިއެއް. އެތައް މެޗެއްގަ އެތަށް ފަހަރަކު ރެފްރީންނަށް ހަމަލާ ދީފި. އެފްއޭއަކަށް ކުރެވުނު ކަމެއް ނެތް. އަމިއްލަ ސަލާމަތް އަމިއްލައަށް ހޯދަން ޖެހިފައޮތް ހާލަތުގައި ތީގަ އެއްވެސް މައްސަލައެއް ނެތް

  3. ދިވެހި ފުޓްބޯޅަ ރަނގަޅު ވާން އޮތީ އެފްއޭ ޒިންމާދާރުވެގެން. ހިންގަން ތިބި ވެރިންނަށް ކަންކުރަން ކެރިގެން. ކްލަބްތަކުގެ ދަށުވެގެން މިކަމެއް ނުވާނެ.

  4. ފުޓް ބޯޅަ ކީއްކުރަން ދިވެހި ބާސްކެޓް ގެސް އޮތީ އެހާލުގަ އެސޯސިއޭސަން ހަރުދަނާ ކުރަން ޖެހިފަ

ހިޔާލު ދެއްވާ!

Your email address will not be published.