އާދަޔާ ހިލާފު ބޮޑު ހިބަރެއް، ބޮޑު އަގުގައި ވިއްކާލައިފި

މިއަދު މަސްވެރިން ބޭނި ބޮޑު ހިބަރު/ ފޮޓޯ- ހަތާވީސް

ރާއްޖޭގައި މަދުން ނޫނީ ނުބާނާ ވަރުގެ ބޮޑު ހިބަރެއް، މަސްވެރިންތަކެއް ބާނައި މަސް މާރުކޭޓަށް އަރުވައިފިއެވެ.

ދިގުމިނުގައި 13 ފޫޓު ހުރި، 248 ކިލޯއަށް ވުރެ ބަރު، އެ ހިބަރު ބާނާފައި ވަނީ މިއަދު ކ. މާފުށީ ބޭރުންނެވެ.

 

އެ ވައްތަރުގެ ހިބަރަށް ކިޔަނީ “މަސް ހިބަރު”އެވެ. ދުނިޔޭގައި މިހާތަނަށް ބޭނި އެންމެ ބޮޑު މަސް ހިބަރުގެ ބަރުދަން 750 ކިލޯއަށް އަރައެވެ.

މާލޭ މަސް މާރުކޭޓަށް އެ ހިބަރު އެރުވުމާ އެކު، ބޮޑު އަގުގައި ރިސޯޓަކުން ވަނީ ހިބަރު ގަނެފައެވެ. އެނގިފައިވާ ގޮތުގައި އެ ހިބަރު ވިއްކާލާފައި ވަނީ 6،000 ރުފިޔާއަށެވެ.

މިއަދު މަސްވެރިން ބޭނި ބޮޑު ހިބަރު-

“މަސް ހިބަރު” މަސް މާރުކޭޓަށް އެރުވި ވަގުތު، ގިނަބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ. މާލެ އަރާ ބައެއް ޓޫރިސްޓުން ވެސް މިއަދު ވަނީ މަސް މާރުކޭޓަށް ވަދެ، އެ ހިބަރުގެ ފޮޓޯ ނަގާފައެވެ.

މާފުށީ ބޭރުން ބޮޑު ހިބަރެއް މިއަދު ބާނާފައިވާއިރު، މިދިޔަ އަހަރު ޑިސެމްބަރު މަހު ދ. ކުޑަހުވަދޫ މަސްވެރިންތަކެއް 216 ކިލޯގެ ހިބަރެއް ބާނާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.