މުހުޔިއްދީން ޔާސީން މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ހުވާ ކުރައްވައިފި

މެލޭޝިއާގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރީގެ ދާޚިލީ ވަޒީރު މުހްޔިއްދީން ޔާސީން މިއަދު ކުރައްވައިފި / ފޮޓޯ- އަލްޖަޒީރާ

މެލޭޝިއާގެ އާ ބޮޑުވަޒީރުކަމުގެ ހުވާ މުހުޔިއްދީން ޔާސީން މިއަދު ކުރައްވައިފި އެވެ.

މުހުޔިއްދީން ޔާސީން އަކީ މެލޭޝިއާގެ ކުރީގެ ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅޭކެވެ. މުހުޔިއްދީން ޔާސީން މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ހުވާ ކުރައްވާފައިވަނީ، މެލޭޝިޔާގެ ބޮޑުވަޒީރުކަމުން ޑރ. މަހާތީރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ. މަހާތިރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

މަހާތިރު ވިދާޅުވީ އާ ބޮޑުވަޒީރު ގަބޫލް ނުކުރައްވާނެ ކަމަށާއި، މެލޭޝިއާގައި އާ ސަރުކާރެއް އުފެއްދޭ ވަރަށް މެލޭޝިއާގެ ޕާލަމެންޓުގައި އޭނާއަށް މެޖޯރިޓީ އޮތް ކަމަށެވެ. އަކި އެކަން ޕާލަމެންޓުގެ ވޯޓަކުން ސާބިތުކޮށްދެއްވާނެކަމަށް މަހާތިރު ވިދާޅުވި އެވެ.

"މެލޭޝިއާގެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން ޕާލަމަންޓަރީގެ މެޖޯރިޓީ އޮތީ އަޅުގަނޑަށްކަން. ޕާލަމެންޓުގެ 114 މެންބަރުގެ ތާއީދު އޮތީ އަޅުގަނޑަށް" މަހާތިރު ނޫސްވެރިއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މަހާތިރު އިސްތިއުފާ ދެއްވީ އެ ކޯލިޝަނުގެ ތެރޭން ބައެއް މީހުން އިދިކޮޅާ ގުޅިގެން އާ ކޯލިޝަނެއް އުފައްދަން މަސައްކަތް ފެށުމުންނެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން އިއްޔެ އިއުލާންކޮށްފައި ވަނީ ސަރުކާރެއް އުފެއްދޭ ވަރަށް ތާއީދު އޮތީ މުހުޔިއްދީންއަށް ކަމަށެވެ. މުހުޔިއްދީންވަނީ ވެރިކަމުން ދުރުކުރި ނަޖީބު ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން އާއި މެލޭޝިިއަން އިސްލާމިކް ޕާޓީގެ ތާއީދު ހޯއްދަވައިފަ އެވެ.

ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި މުހުޔިއްދީންވަނީ 2009 ގައި ބޮޑު ވަޒީރުގެ ނައިބަކަށް ހަމަޖައްސައިފަ އެވެ. ނަމަވެސް އިންވެސްޓްމަންޓް ބޭންކް އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައިގައި ނަޖީބަށް ފާޑު ވިދާޅުވުމުން ބޮޑުވަޒީރުގެ މަގާމުން އޭނާ ވަނީ 2015 ވަނަ އަހަރު ވަކިކޮށްފަ އެވެ. މުހުޔިއްދީން ފަހުން ވަނީ މަހާތިރު އުފެއްދެވި ޕާޓީއާ ގުޅިވަޑައިގެން ނަޖީބު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

މަހާތިރް މެލޭޝިއާގެ ޕްރައިމް މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މީގެ އިތުރުން އޭނާވަނީ 1981 އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބޮޑު ވަޒީރުކަން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *