އިންޑިއާއިން ވަޑައިގަތުމުން ނަޝީދު ރާއްޖެ އެތެރެވާން ޖެހުނީ ކޮރޯނާއަށް ސްކްރީން ކުރުމަށްފަހު!

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް 19- އަށް ޓެސްޓު ކުރަނީ/ ފޮޓޯ- ރަށްވެހި ފަތިސް ޓުވީޓާ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 (ކޮރޯނާ) ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްކްރީން ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކޮރޯނާއަށް ޓެސްކުރައްވާފައި މިވަނީ ދާދިފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުންނެވެ. އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާގެ ގުޖުރާތުގައި ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންނަ ތާމަލް ކެމެރާއިން ރައީސް ނަޝީދު ވެސް ވަނީ ސްކްރީން ކުރައްވާފައެވެ.

ރައީސް ނަޝިދު ކޮރޯނާއަށް ޓެސްޓުކޮށްފައިވާއިރު، ރާއްޖޭގައި ރޭ ވަނީ ފުރަތަމަ ފަހަރަށް ކޮރޯނާއަށް ޓެސްޓުކޮށްފައެވެ. ހެލްތް މިނިސްޓްރީން ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 އަށް ޓެސްޓުކުރި އެމީހާގެ ނަތީޖާ ވައިރަހަށް ނެގަޓިވް ކަމަށެވެ. ކޮރޯނާއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެއްސީ، ޑަބްލިއުއެޗްއޯގެ އެހީގައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު އެ ޖަމާއަތުން ވަނީ ސީދާ ކޮވިޑް-19 އަށް ޓެސްޓުކުރެވޭ ޓެސްޓުކިޓްތަކެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ކިޓްތަކުން 1000 މީހުންގެ ޓެސްޓް ހެދެއެވެ.

އަދި މި ޓެސްޓް ކިޓް ތަކުގެ ނަތީޖާ އަވަހަށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މިއީ ކޮރޯނާ ވައިރަހާއި ދެކޮޅަށް ރާއްޖޭގައި އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެގޮތް އައިޖީއެމްއެޗުގައިވަނީ ހަމަޖައްސާފައެވެ. އަދި ޓެސްޓުގެ ނަތީޖާ 10 ގަޑި އިރާއި، 12 ގަޑިއިރާއި ދޭތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.