މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް މުހުޔިއްދީން ޔާސީން

މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް ހަމަޖެއްސި މުހުޔިއްދީން ޔާސީން --

މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް މުހުޔިއްދީން ޔާސީން ހަމަޖައްސައިފިއެވެ.

މެލޭޝިއާގެ 18 ވަނަ ބޮޑު ވަޒީރުގެ މަގާމަށް މުހްޔިއްދީން ޔާސީން ހަމަޖެއްސިކަން ޝާހީ އޮފިޝަލުން މިއަދު ވަނީ އިއުލާންކޮށްފައެވެ. ބޮޑުވަޒީރު ކަމުގެ ހުވާ މުހުޔިއްދީން ކުރައްވާނީ މާދަމާއެވެ.

ރަސްކަމުގެ ކޮއިލު ތެރެއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މި ދަނޑިވަޅުގައި ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް އިތުރަށް ފަސްކުރެވެން ނެތް ކަމަށެވެ.

ބޮޑުވަޒީރު ކަމަށް މުހުޔިއްދީން ހަމަޖައްސާފައި މިވަނީ އަންވަރު އިބްރާހީމްއާއިއެކު އަލުން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. މަހާތީރު ވިދާޅުވެފައި ވަނިކޮށެވެ.

ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި މުހްޔިއްދީނަކީ ބޮޑު ވަޒީރުގެ ނައިބެވެ. ނަމަވެސް އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލާގައި ނަޖީބަށް ފާޑު ވިދާޅުވުމުން ބޮޑުވަޒީރުގެ މަގާމުން އޭނާ ވަނީ 2015 ވަނަ އަހަރު ވަކިކޮށްފައެވެ. މުހްޔިއްދީން ފަހުން ވަނީ މަހާތިރު އުފެއްދެވި ޕާޓީއާ ގުޅިވަޑައިގެން ނަޖީބު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.