އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެމްއާރްއައި މެޝިން ބަހައްޓައިފި

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިންސްޓޯލް ކޮށްފައިވާ އެމްއާރްއައި މެޝިން --

އައްޑޫ ސިޓީގެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެމްއާރްއައި މެޝިން އިންސްޓޯލްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އަދި މިހާރު ކުރިއަށް ދަނީ މެޝިން ބޭނުން ކުރަން ފެށުމުގެ ކުރީން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލައި ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ. އެ ހޮސްޕިޓަލުން އަންނަނީ އަންނަ މަސް ތެރޭގައި އެމްރާއައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫގައި ގާއިމްކުރި އެ ހޮސްޕިޓަލު ހިދުމަތް ދޭން ފަށާފައި ވަނީ ޖެނުއަރީ ހަތްވަނަ ދުވަހުއެވެ. މި ހޮސްޕިޓަލުގެ ހިދުމަތް ދޭން ފެށުމުން ކުރިން ހިދުމަތް ދެމުން ދިޔަ އައްޑޫ ރީޖަނަލް ހޮސްޕިޓަލު ވަނީ އުވާލާފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި ޓާޝަރީ ހޮސްޕިޓަލު ފެންވަރަށް ފުރަތަމަ ގާއިމް ކުރެވިގެން ދިޔަ ހޮސްޕިޓަލެވެ. މި ސަރުކާރުގެ ވެސް އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތައް ގާއިމް ކުރުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.