ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގެ ތެރެއިން: ފޮޓޯ / އެމްވީ ކްރައިސިސް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގ މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު 4:45 އެހާކަށްހާއިރު ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ހުޅުމާލޭގައި ރީތިގަސް މަގާއި އަސުރުމާ ހިނގުން ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ކަމަށެވެ. އަނިޔާވެފައި ވަނީ، 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ނަމަވެސް އޭނާ އަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސެން އޮންނަ ކަމަށް ފުލުހުން ބުންޏެވެ. މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *