އައްޑޫ ސިޓީ ކަސްޓަމްސް އޮފީސް ފަޅާލައިފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީގައި ހުންނަ ކަސްޓަމްސް އޮފީސް ފަޅާލައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ކަސްޓަމްސް އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާކަމުގެ ރިޕޯޓު އިއްޔެ ހަވީރު 18:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސް އޮފީހުން ވަގަށް ނަގާފައިވާ ތަކެއްޗާ ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.