އެތައް ސަތޭކަ ބަޔަކާއި އެކު ޕީޕީއެމްގެ ކެމްޕެއިން ޖަލްސާ ފަށައިފި

ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ: ފޮޓޯ / ޕީޕީއެމް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާ އެތައް ސަތޭކަ ބަޔަކާއި އެކުގައި އިދިކޮޅު ޕީޕީއެމްއިން ފަށައިފިއެވެ.

“މިއީ މަގޭ ރާއްޖެ” މިނަމުގައި ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ކުރިޔަށް ގެންދާ މި ކެމްޕެއިން ޖަލްސާގައި ޕީޕީއެމްއާ އެޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީއެންސީއަށް ތާއީދު ކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ޖަމާވެފައެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ސިޔާސަތުތައް އިއުލާން ކުރުން އޮންނާނެއެވެ. ޕީޕީއެމްއިން ބުނެފައިވަނީ އެޕާޓީގެ ކައުންސިލް އިންތިހާބުގެ ސިޔާސަތުތައް ކަނޑައަޅާފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާފައި ކަމަށެވެ. އެ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާފައިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އެއްގޮތަަށް ކަމަށާއި ރައީސް ޔާމީންގެ ވިސްނުންފުޅަކީ ތަރައްގީގެ ވިސްނުންފުޅު ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެޕާޓީން ކައުންސިލްތަކަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަކީ ތަހުޒީބު ބަޔަކަށް ވާނެކަން ފާހަގަކޮށް ޕީޕީއެމްއިން ބުނީ އެޕާޓީގެ ކެންޑިޑޭޓުންނަކީ ރަށްރަށުގެ ތަރައްގީއަށް އެއްވެސް ހުރަހެއް އަޅާނެ ބައެއް ނޫން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.