މިދިޔަ މަހު ރިޒާވަށް ތިން ޕަސެންޓު އިތުރުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް، ތިން ޕަސެންޓް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 753 މިލިއަން ޑޮލަރެވެ. ނަމަވެސް ޖެނުއަރީ މަސް ނިމުނުއިރު މި އަދަދު ވަނީ 776.6 މިލިއަން ރުފިޔާއެވެ.

ޑިސެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 316 މިލިއަން ޑޮލަރުގައެވެ. މި އަދަދަކީ 2018 ގެ ޑިސެމްބަރު މަހު ރިޒާވްގައި ހުރި 236 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖޭގެ އިގުތިސޯދު މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއަރާނެއެވެ. އެއީ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާއަށް އަންނާނެ ކުރިއެރުމަށް ބަލާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.