ރާއްޖެ އިޝްތިހާރު ކުރުމުގައި މިފަހަރު ސީއެންއެން

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެއެމްޕީއާރްސީން ދުނިޔޭގެ މަގުބޫލު ޓީވީ ޗެނަލެއް ކަމަށްވާ ސީއެންއެންއާއެކު ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނު އަންނަ މަހު ފަށާނެއެވެ. އެ ކެމްޕޭން އަމާޒުކޮށްފައިވަނީ ދުނިޔޭގެފަސް ސަރަހައްދެއްގެ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށެވެ.

އެއީ ދެކުނު އޭޝިއާ، އޭޝިއާ ޕެސިފިކް، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ މާކެޓުތަކެވެ.

މި ކެމްޕޭނުގެ ދަށުން ސީއެންއެންގެ ހަބަރު ޗެނަލްތަކާއި ވެބްސައިޓުގެ އިތުރުން މީސްމީޑިއާގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސަގާފަތާއިމަސައްކަތްތެރިކަން ދައްކައިދޭ ފޮޓޯއާއި ވީޑިއޯ ޝާއިއުކުރާނެއެވެ.

ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑު-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އެކަމުންއަރައިގަތުމަށް ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *