މުސްލިމުންނަށްވެހުރެ އެހެން މުސްލިމުންނަށް އެހީވުމަކީ ރާއްޖޭގެ ޒިންމާއެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުންނަށް އެހީވުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޔަންމާގެ ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނިންމުމާ އަދި އެ މައްސަލާގައި ރާއްޖޭގެ ފަރާތުން އާމާލް ކުލޫނީ ރާއްޖެ އެކުގައި މަސައްކަތް ކުރުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންނަކީ ރަނގަޅު މުސްލިމުންނަށްވާއިރު، އެހެން ގައުމުތަކުގެ މުސްލިމުންނަށް އެހީވުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށެވެ.

އަމާލް ކުލޫނީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކުލަވާލި ބައިނަލްއަގުވާމީ ޓީމުގައި ހިމެނިވަޑައިގަންނެވި އެންމެ އިސް ފަރާތެވެ.

އިސްލާމީ ޤައުމުތަކުގެ ފަރާތުން، ގެމްބިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އދގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މިމައްސަލަގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިދިޔަ އަންގާރަ ދުވަހު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.