ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި

މަނަދޫ ދަތުގެ ފަރުވާ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ހިދުމަތް ދިނުން ރަސްމީކޮށް ފަށައިފިއެވެ.

އެ ހިދުމަތް ފައްޓަވައި ދެއްވީ ރޭ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ހިދުމަތް ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މީގެފަހުން އެ ސަރަހައްދުގެ ރައްޔިތުން ދަތުގެ ފަރުވާ ހޯދުމަށް މާލެއަށް އަންނަ އައުން ނިމުމަކަށް އައީ ކަމަށެވެ.

ނ. އަތޮޅު ހޮސްޕިޓަލަކީ ނ. މަނަދޫގައި ގާއިމް ކުރެވިފައިވާ ހޮސްޕިޓަލެކެވެ. މަނަދޫއަކީ 2000 އެއްހާ މީހުންގެ އާބާދީ އޮންނަ ރަށެކެވެ. މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ދަތުގެ ފަރުބާގެ ހިދުމަތް ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގަމުން އަންނަ ރިސޯޓުތަކަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.