ރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިންޑިއާއަށް

ނަޝީދު އިންޑިއާއަށް ވަޑައިގަތުމަށް އެއާޕޯޓުގައި: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ނަޝީދު އިންޑިއާއަށް ވަޑައިގެންނެވި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ނަޝީދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް އިންޑިއާއަށް ވަޑައިގެންފައެވެ. ރަސްމީ ދަތުރުފުޅެއްގައި ނަޝީދު އެފަހަރު އިންޑިއާއަށް ވަޑައިގެންނެވި އަރިހުގައި މަޖިލީހުގެ މެންބަރުންގެ ވަފްދެއް ވެސް ވަޑައިގަތެވެ.

ނަޝީދު އިންޑިއާއަށް މި ވަޑައިގެންނެވީ ދާދިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އެގައުމަށް ވަޑައިގެންފައި ވަނިކޮށެވެ. އަދި އެގައުމުގައި މުސްލިމުންނާއި ދެކޮޅަށް އެތައް އަނިޔާތަކެއް ދެމުން އަންނަ ދުވަސްވަރަކުއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *