ތަހުގީގަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ / އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރު ދެ މައްސަލައެއްގެ ތަހުގީގު ކުރަމުން ދާތީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީނާއި ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން ދަނީ ކޮންކޮން މައްސަލަތަކެއް ކަމެއް ނޭނގެއެވެ. އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލާގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ މައްސަލައިގާ ދާދިފަހުންވެސް ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ވަނީ މައްސަލަ އިސްތިއުނާފު ކުރި ސަބަބުގެ މައްޗަށް 75 ނުކުތާއެއް ފާހަގަކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.