ދެ އަހަރު ކުއްޖާގެ މަންމައާ ބައްޕައަށް ދައުވާ އުފުލައިފި

ރާއްޖޭގެ ރަށެއް -- ފޮޓޯ / މިހާރު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައާގައި ކުއްޖާގެ މަންމައާ ބައްޕަގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދެ ދައުވާއެއް ކޮށްފިއެވެ.

ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެގާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލާގައި ކުއްޖާއަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް ވަނީ ދައުވާ އުފުލާ ޝަރީއަތްވެސް ފަށާފައެވެ. ނަމަވެސް ކުޑަކުއްޖަކާއި ގުޅޭ މައްސަލައެއް ކަމުން އެފަދަ އެހެން މައްސަލަތަކުގައިވެސް ކޯޓުން އަމަލުކުރާ އުސޫލާއި އެއްގޮތަށް އެ މައްސަލަވެސް ކުރިޔަށް ގެންދަނީ ސިއްރުންނެވެ.

ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

Leave a Reply

Your email address will not be published. Required fields are marked *