ކްރޫޒްލައިންތައް ރާއްޖެ ގެނައުން މެދުކަނޑާލައިފި

ކުރޫސްލައިނާ-

ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނަ ކްރޫޒްލައިނާތައް ގެނައުން ސަރުކާރުން މެދުކަނޑާލައިފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކްރޫޒްލައިނާތަކުން މީހުން އަރަމުން ދަނީ އެކި ގައުމުތަކުން ކަމަށެވެ. އެހެންކަމުން އެ ފިޔަވަޅު ސަރުކާރުން އެޅީ ސަލާމަތީ ސަބަބުތަކަށް ބެލުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން އަލުން އެ ހުއްދަ ދޭނީ ހާލަތަށް އަންނަ ބަދަލަކަށް ބެލުމަށްފަހު ކަމަށެވެ.

"އެހެންކަމުން މިހާރުން ފެށިގެން ކުރޫޒްލައިނާ އައުމުގެ ހުއްދަ ދެން ދެވޭނީ، މިހާލަތައް އަންނަ ބަދަލަކަށްފަހު، އެކަން ރިވިއުކުރުމަށްފަހު،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސެއް އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ކޭސްއެއް ރާއްޖެ އައުމުގެ ފުރުސަތު ނުދިނުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މި ވައިރަހުގެ އަސަރު ބޮޑުވެ މުޅި ދުނިޔެއަށް ބޮޑު ރޯގާއެއް ފެތުރިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުން އެކަމަށް ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށާއި އަދި އެ ޖަމިއްޔާއިންވެސް ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް އަންގަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިންވަނީ ތިން ކްރޫޒްލައިނާއަކުން ރާއްޖެ އައިސްފައިވާ 4478 މީހުންގެ ތާމަލް ސްކޭނިން އެއް ހަދާފައެވެ. އަދި އޭގެތެރެއިން އެއްވެސް މީހަކު އެކަހެރިކުރަންޖެހޭ މިންގަނޑުތަކަށް ފެތިފައި ނުވާކަމަށް ވެސް އެޗްޕީއެން ވަނީ ބުނެފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *