ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހިފަހައްޓައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި ދިވެއްސަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހިފަހައްޓާފައި ވަނީ ދިވެއްސެއް ކަމަށެވެ. އޭނާ ފުލުހުންނާއި ހަވާލުކުރީ އެއާޕޯޓުގެ ސެކިއުރިޓީންނެވެ.

ފުލުހުން ބުނީ އޭނާ ހިފެހެއްޓީ އޭނާގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމުން ކަމަށާއި ނަމަވެސް އޭނާގެ ދަބަސް ބެލިއިރު އެފަދަ އެއްވެސް އެއްޗެއް ފެންނަން ނެތް ކަމަށެވެ. ފުލުހުން އަންނަނީ މިކަމުގައި ބަލަންޖެހޭ ބެލުންތައް އިތުރަށް ބަލަމުން ކަމަށް ވެސް ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.