ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް މަގާމުން ވަކިކޮށްފި

ކަނޑުހުޅުދޫ މެޖިސްޓްރޭޓު --

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ހަސަންދީދީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި، ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި، މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި ޤާނޫނާ ޚިލާފަށް ދަތުރުކުރުމާއި، ބިލްތައް ހެދުމާއި، ހަޑިހުތުރުބަހުން އެއްޗެހި ގޮވުމާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ހެކީންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަތައް ސާބިތުވާެފައިވާ ކަމަށެވެ.

އަދި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޙަސަންދީދީ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި، ފަނޑިޔާރުންގެ ޤާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފުވެ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލުތަކެއް އިސްމެޖިސްޓްރޭޓް ޙަސަންދީދީ ކޮށްފިކަމަށް ކޮމިޝަނަށް ސާބިތުވާތީ، އިސްމެޖިސްޓްރޭޓް ޙަސަންދީދީ މައްޗަށް ސާބިތުވެފައިވާ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ޢަމަލެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވުނު ހިނދު، އިސްމެޖިސްޓްރޭޓް ޙަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *