ނިއުދިއްލީ ހަމަނުޖެހުން: އިންޑިއާގެ މިސްކިތެއްގައި ހުޅުޖަހައި 11 މީހަކު މަރާލައިފި

އިންޑިއާގެ މިސްކިތެއްގައި ހުޅުޖަހައިފި/ ފޮޓޯ- ގޫގުލް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިސްކިތެއްގައި ހުޅުޖަހައިފި 11 މީހަކު މަރާލައިފި

މިހާދިސާގައި 11 މީހަކު މަރުވެފައިވާކަމަށް އެ ސަރަހައްދުގައި ހުންނަ ހުރޫ ޓެގް ބަހާދުރު ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިޑެންޓް އަލްޖަޒީރާއަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަށް ބަލާއިރު ދިއްލީގެ އަޝޯކް ނާގަރު ސަރަހައްދުގައި ހުންނަ މި މިސްކިތުގައި ހުޅުޖެހުމަށްފަހު  މުންނާރަށް އަރައި ހިންދޫންގެ ހަނޫންމާން ކަލާންގެ ޖަހާފައިވާ ދިދައެއްވެސް އަރުވާފައެވެ.

ދާދި ފަހުން އިންޑިއާގައި ދިރިއުޅޭ ބައެއް މުސްލިމުންގެ ރައްޔިތުކަން ގެއްލޭގޮތަށް އެކުލަވާލި ގާނޫނާ ގުޅިގެން ބޮޑެތި މުޒާހަރާތަކެއްވަނީ ފެށިފައެވެ. މިދިޔަ އާދިއްތަ ދުވަހު އަނެއްކާވެސް މުޒާހަރާތައް ހޫނުވީ އެ ގާނޫނަށް ތާއިދުކުރާ ބަޔަކު މުޒާހަރާތައް ކުރާ މީހުންނާ ދެކޮޅަށް ހަމަލާދިނުމުގެ ސަބަބުންނެވެ.

ނިއު ދިއްލީގައި ވަރުގަދަ ކުރިމަތިލުމެއް ހިނގަމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގައެވެ.

Leave a Reply

Your email address will not be published. Required fields are marked *