ބޯޓެއްގައި ކަފުޖަހާފައި އޮތް ހަލްއެއް ގެއްލިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާނީ

ބޯޓެއްގައި ކަފުޖަހާފައި އޮތް ހަލްއެއް ގެއްލިގެން އެމްއެންޑީއެފް ހަރަކާތްތެރިވާނީ/ ފޮޓޮ- އެމްއެންޑީއެފް

ބޯޓެއްގައި ކަފުޖަހާފައި އޮތް ހަލްއެއް ގެއްލިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި “މިންނަތު” ބޯޓުގައި ކަފުޖަހާފައި އޮތް “ހަމްރާޒް” ނަމަކަށް ކިޔާ ލޯންޗް ހަލްގަނޑެއް ވ. އަތޮޅު ތެރެއިން ކަނޑައިގެންގޮސް ގެއްލުމާއި ގުޅިގެން މި ހަލްގަނޑު ހޯދުމުގެ މަސައްކަތް ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފައިވާ ކަމަށެވެ.

މި ހަލްގަނޑު ކަނޑައިގެން ދިޔަކަމަށް ލަފާކުރެވެނީ ވ. އަތޮޅުގެ ތެރެއިންކަމަށް ބޯޓުގެ ކެޕްޓަން މައުލޫމަތުދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި ހަލްގަނޑަކީ 20 ފޫޓް ދިގު، އިންޖީނު ނަގާފައިވާ ހުދު ކުލައިގެ ހަލްގަނޑެއްކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހަލްގަނޑު ކަނޑައިގެން ދިޔައިރު މީގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި މި ހަލްގަނޑާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވުން މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފްއިންވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.