ޗައިނާއިން ރާއްޖެއައި ދެ މީހަކު ކަރަންޓީނުކޮށްފި

ކޮރޯނާ -

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާއިން ރާއްޖެ އައި ދެމީހަކު ކަރަންޓީނުކޮށްފިއެވެ.

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޗައިނާއިން ރާއްޖެއައި ދެ މީހަކު ކަރަންޓީންކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ދެމީހުންގެ ގައިގަވެސް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން މިހާރު އަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ކަަރަންޓީން ކުރީ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ޕްރޮޓޮކޯލްގެ ދަށުން ޗައިނާއިން ރާއްޖެ އަންނަ މީހުން 14 ދުވަސްވަންދެން ކަރަންޓީނު ކުރެއެވެ. އެޗްޕީއޭއިން ބުނީ ކޮރޯނާ ވައިރަސްގެ މައުލޫމާތު ހާމަކަމާއެކު އަބަދުވެސް ހާމަކުރާނެ ކަމަށާއި އެގޮތުން ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެނަމަ އެކަން ރައްޔިތުންނަށް އަންގާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކަރަންޓީނު ކުރި އެއްވެސް މީހެއްގެ ގައިން ކޮވިޑް 19 ގެ ބަލި ފެނިފައެއް ނުވެއެވެ. އެ ބަލި ދެނެގަތުމަށް ހަަދަން ޖެހޭ ޓެސްޓުތައް މިހާރު އައިޖީއެމްްއެޗްގައިވެސް ކުރެވޭގޮތް ވަނީ ހަދައިފައެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,762 މީހަކު މިހާރު ވަނީ މަރުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *