ކޮރޯނާއާއި ގުޅިގެން ސިންގަޕޫރުން ރާއްޖެ އަންނަ ފްލައިޓްތައް މަދުކުރަނީ

ސިންގަޕޫރުގެ އެއާލައިނެއް/ ފޮޓޯ- ދަ ޑްރަމް

ކޮރޯނާއާ ގުޅިގެން ރާއްޖެ އަންނަ ސިންގަޕޫރު އެއާލައިންގެ ފްލައިޓުތައް މަދުކޮށް ކެތޭ ޕެސިފިކްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާއާ ގުޅިގެން ސިންގަޕޫރު އެއާލައިންގެ ފްލައިޓުތައް ރާއްޖެއައުން މަދުކޮށް، ކެތޭ ޕެސިފިކްގެ ހުރިހާ ފްލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ވަނީ ކޮރޯނާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަވެސް އެޅި އެއް ފިޔަވަޅަކީ ރާއްޖެއަށް އެތެރެވާ މީހުން ސްކްރީން ކުރުމުގެ ކަންކަން ކުރުމެވެ. އަދި ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމެވެ. މީގެއިތުރުން ޗައިނާގެ މެއިންލޭންޑުން (ޗައިނާއިން) ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް ސަރުކާރުން ނިންމިއެވެ.

މި ވައިރަހާއި ގުޅިގެން ސަރުކާރުން އެޅި އެއްވެސް ފިޔަވަޅެއް ދޫކޮށްފައި ނުވާއިރު ރޭވެސް ޗައިނާއިން އައިސްފައިވާ ދެ ފަތުރުވެރިއަކު ކަރަންޓީން ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެމީހުން ކަރަންޓީން ކުރީ އެމީހުންގެ ގައިން ކޮރޯނާ ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިގެނެއް ނޫނެވެ. ނަމަވެސް ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރުމުގެ ގޮތުންނެވެ. މީގެކުރިންވެސް ޗައިނާއިން ރާއްޖެ އައިސްފައިވާ އެތައް ދިވެހިންނެއް ކަރަންޓީން ކޮށްފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ރާއްޖެއިން އެއްވެސް މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.