16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންގްލަދޭޝް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ބަންގްލަދޭޝް ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު 00:32 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަން ނިންމާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

އުމުރުން 16 އަހަރުގެ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކޮށްފައިވާއިރު، އުމުރުން ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެކުއްޖާގެ ދޮންބައްޕަގެ ބަންދަށްވަނީ ފަނަރަ ދުވަސް ޖަހާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *