ފުލުހުން ގައިގައި ހަރުކުރާ ކެމެރާ ބޭނުން ކުރަން ފަށައިފި

ފުލުހުން ބޮޑީ ކެމެރާ ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ. މި ކެމެރާތައް ބޭނުންކުރަން ފެށީ ފުލުހުން ގައިގައި ހަރުކުރާ ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ ޓްރަޔަލް އަކަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި މިހާރު ކެމެރާ ހަރުކޮށް، އެ ޓެކްނޮލޮޖީ ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. ގައިގައި ހަރުކުރާ ކެމެރާއަކީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ވަސީލަތެއްކަން ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ އާންމުންނާ މުއާމާލާތް ކުރުމާއި، ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއް ކަމަށެވެ. މި ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު ބޮޑީ ކެމެރާ ބޭނުންކުރުން ފުޅާކުރުމުގެ ވިސްނުން ހުރިކަން ސީޕީ ވަނީ ފާހަގަކުރައްވައިފަ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ވެސް އަންނަނީ ބޮޑީ ކެމެރާ ބޭނުންކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.