17 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ދޮންބައްޕަގެ ބަންދަށް 15 ދުވަސް!

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި އެކުއްޖާގެ ދޮންބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެކުއްޖާއަށް ޖިންސީ ގޯނަކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މީހާގެ ބަންދަށް އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 21:20 ހާއިރު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިމީހާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަން ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *