ދާދިފަހުން ޓްވީޓާ ބޭނުން ކުރައްވަން ފެއްޓެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ޓްވީޓާ އެކައުންޓު ވެރިފައި ކުރައްވައިފިއެވެ.
ރައީސް ޔާމީން ޓްވީޓާ ބޭނުން ކުރައްވަން ފެއްޓެވީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ޔާމީނަކީ ސޯޝަލް މީޑިއާ އަށް ދުރުގައި އެންމެ ބޮޑަށް އުޅުއްވާ ބޭފުޅާއެވެ. އެމަނިކުފާނު ޓްވީޓާ ބޭނުން ކުރައްވަން ފެއްޓެވީ މިއަދުއެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
— Abdulla Yameen (@prz_ymn) May 4, 2022
ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ވެރިކަން ފަސް އަހަރު ދުވަހު ކުރެއްވިއިރު ވެސް ރައީސް ޔާމީނަކީ ޓްވީޓާ އަދި ސޯޝަލް މީޑިއާގެ އެހެން އެއްވެސް ވަސީލަތެއް ބޭނުން ކުރެއްވި ބޭފުޅެއް ނޫނެވެ.
ނަމަވެސް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓްވީޓާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެމަނިކުފާނު ޓްވީޓާ ބޭނުން ކުރައްވާތާ މިހާރު 10 އަހަރު ވަނީ ވެފައެވެ.