ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، “މަޖީދީ ރަން” އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އެގޮތުން ރޭ މުލީއާގެ ކުރިމަތީގައި ބޭއްވެވި އެ ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް “މަޖީދީ ރަން” ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިން ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއީލާއި ހަވާލުކޮަށްދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަނީ “މަޖީދީ ރަން” ގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވާ “މަޖީދީ ރަން” އާ ގޫޅޭ ހާއްސަ ޓީޝާޓެއް ވެދުން ކުރައްވާފައެވެ.
މި ދުވުމުގެ ހަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.