ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދު އަވަހާރަވެއްޖެއެވެ.
“ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޔޫ.އޭ.އީގެ ރައްޔިތުންނާއި، ޢަރަބި އަދި އިސްލާމީ ޤައުމާއި، މުޅި ދުނިޔެއަށް ތައުޒިޔާ ކިޔަން” މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ވަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ރައީސްކަމާއި އަބޫދާބީގެ ވެރިޔާގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
ބައްޕާފުޅު، އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާން، 2 ނޮވެމްބަރ 2004 ގައި އަވަހާރަވުމާ ހަމައަށް ޔޫ.އޭ.އީގެ ފުރަތަމަ ރައީސްގެ ގޮތުގައި 1971 ވަނަ އަހަރު ޔޫނިއަން ގެ ފަހުން ރައީސްކަން ކުރެއްވި އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާން، އޭނާގެ ބައްޕާފުޅުގެ ފަހަތްފުޅަށް އިންތިޚާބު ވެވަޑައިގަތެވެ.
1948 ވަނަ އަހަރު އުފަންވެވަޑައިގަތް ޝައިޚް ޚަލީފާ އަކީ ޔޫއޭއީގެ ދެވަނަ ރައީސް ކަމާއި އަބޫދާބީގެ 16 ވަނަ ވެރިޔާއެވެ. އެއީ ޝައިޚް ޒައިދުގެ އެންމެ ހަގު ދަރިކަލުންނެވެ.
އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅުން 73 އަހަރެވެ.