ސްޓެލްކޯ ސޭލްސް ސެންޓަރުގެ ޖީއެމްގެ މަގާމަށް އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް އަހްމަދު އަކްރަމް ސްޓެލްކޯ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

އަކްރަމް އެ މަގާމަށް ހަމަޖައްސައިފައި ވަނީ އެ މަގާމަށް އޭނާ ކުރިމަތިލެއްވުމުން އިންޓަވިއުކޮށް އިންޓަވިއު އިން ފާސްވެގެން ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ހަފްތާގައި އޭނާ މަސައްކަތަށް ވެސް ނިކުންނަވާފައިވާ ކަމަށް ވެސް ބުންޏެވެ.

އަކްރަމް ސްޓެލްކޯ ސޭލްސް ސެންޓަރުގެ އިސް މަގާމަކަށް ހަމަޖެއްސެވިއިރު އަކްރަމް އީސީގެ ނާއިބަކަށް ހުންނެވިއިރު އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހްމަދު ޝަރީފް ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދާދިފަހުން ހަމަޖައްސަވައިފައެވެ.

އީސީގެ ނާއިބު ރައީސް ކަމުން އަކްރަމް އިސްތިއުފާ ދެއްވީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިލެކްޝަންސްގެ މުވައްޒަފުންތަކަކަށް އަކްރަމް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އިން އަކްރަމް މަގާމުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

ފަހުން އަކްރަމް އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޮމިޝަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލަ އަކީ ބައެއްގެ ރޭވުމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.