ލަންކާގެ އައު ބޮޑުވަޒީރަކަށް އައްޔަން ކުރެއްވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިލްގެ ބޮޑުވަޒީރު ކަމުގެ ދަށުން ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އެގައުމުގެ ރައްޔިތުންނަށް އިތުރު ހަމަޖެހުމާއި ފާގަތިކަން ލިބިގެން ދާނެކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.
Congratulations to H.E. Ranil Wickremesinghe @RW_UNP on his appointment as Sri Lanka’s Prime Minister. We are confident that under your leadership Sri Lanka would be able to to overcome the challenges that it presently faces and bring greater peace and prosperity to Sri Lankans.
— Ibrahim Mohamed Solih (@ibusolih) May 12, 2022
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އަބަދުވެސް ރަނިލް ދެއްވާ ނަސޭހަތް އަޑު އައްސަވާ ކަމަށެވެ. ސްރީލަންކާ އޮތީ ހާލުގައި، ކަމަށާއި އެހެންނަމަވެސް އެގައުމަށް ތަނަވަސްކަން އަނބުރާ ގެނައުމަށް ރަނިލް އަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
I wish Sri Lanka's new PM @RW_UNP the very best of luck. Throughout my political life, I've always listened to Ranil's advice & it has never been found wanting. Sri Lanka is in trouble, but I've no doubt the PM will do his best to bring back prosperity.🤞🏿🇱🇰
— Mohamed Nasheed (@MohamedNasheed) May 12, 2022
އުމުރުފުޅުން 73 އަހަރުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ލަންކާގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.
އިންތިގާލީ ސަރުކާރު ހިންގެވުމުގެ އެންމެ އިސް ވެރިޔަކަށް އޭނާ އަށް ޕާޓީތަކުގެ ތާއީދު އެބަ އޮތެވެ.
ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުންނާއި، އިދިކޮޅު މައި ޕާޓީ ސަމާގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ)ގެ ބައެއް މެމްބަރުންނާއި، އިތުރު އެތައް ޕާޓީއަކުންވެސް ވިކްރަމަސިންހައަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތްކަން ހާމަކުރުމަށް ތާއީދުކުރާކަން ހާމަކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ސްރީލަންކާގެ ރައީސް ގޯޓާބަޔައަށް ބޮޑުބޭބެ ކިޔާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައި، ހުރިހާ ޕާޓީތަކެއްގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް މަގު ކޮށައިދިން ފަހުން މިދިޔަ ދެ ދުވަހު ވެސް އޮތީ ސަރުކާރެއް ނެތި އެވެ.