ބ. ކަމަދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އަށް ހަވާލު ކޮށްފިއެވެ.
އެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކޮށްފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. އާރްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސޫ އަލީ މަނިކު (މޫކޭ) އެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދުވަނީ @MoYSCEmv އާއި އެކީ ސޮއިކުރެވިފައެވެ.#ޓީމްއާރުޑީސީ pic.twitter.com/aqOwtRCN88
— Road Development Corporation Ltd (@rdcmaldives) May 12, 2022
ޖުމްލަ 2.5 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފައިވާ އެ މަސައްކަތް 45 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ. އާރްޑީސީ އިން ވަނީ މި ނޫނަސް އެތައް ރަށެއްގެ ފުޓުބޯޅަ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްތައް ކޮށްފައެވެ.
މީގެއިތުރުން އާރްޑީސީ އިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގު ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ.