އައިޖީއެމްއެޗްއިން ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ

-އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: އަވަސް

އައިޖީއެމްއެޗްއަށް ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗްއިން އިއުލާންކޮށްފައިވަނީ 59 ނަރުހުން ހޯދުމަށެވެ. އޭގެތެރޭގައި ރެޖިސްޓަރޑް ނަރުހުންނާއި، ސީނިއާ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހިމެނެއެވެ.

މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9060 އާއި 10940 ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗްއިން ބުނެއެވެ.

އެ މަގާމުތަކަށް ޝަރުތުހަމަވާ ފަރާތްތަކުން އަންނަ މަހު އަށް ވަނަ ދުވަހުގެ މެންދުރު 13.30 ގެ ކުރިން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާ އެކު އެ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށް ހުށަހަޅަންޖެހޭކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗްއިން ބުނީ އެ މަގާމުތަކަށް ހޮވުމުގައި ބަލާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނުގެ އިތުރަށް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން އަދި ގާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.