މެލޭޝިއާގެ ބޯޑަރު ހުޅުވިތާ މަހެއް ފަހުން އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް

އެއާ އޭޝިއާގެ މަތިންދާ ބޯޓު އިއްޔެ ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އެއާޕޯޓުގެ ރަންވޭގައި --

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބަޖެޓު އެއާލައިން، އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފިއެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެ ފެށީ އިއްޔެއެވެ. މީގެކުރިން އެ އެއާލައިން އިން ބުނެފައި އޮތީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެއާލައިންގެ ދަތުރުތައް ފަށާނެ ކަމަށެވެ.

ނަމަވެސް އެ އެއާލައިންގެ ދަތުރުތައް މިދިޔަ މަހު ފަށާފައެއް ނުވެއެވެ. އެ އެއާލައިނުން ރާއްޖެ އަށް ކުރަމުން ގެންދިޔަ ދަތުރުތައް މެދުކަނޑާލީ ކޮވިޑް19 އާއި ގުޅިގެން މެލޭޝިޔާގެ ބޯޑަރު ބަންދު ކުރުމުންނެވެ.

ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވަންދެން ބޯޑަރު ބަންދު ކޮށްފައި އޮތް މެލޭޝިޔާ އިން އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.