އާއިލާ އާއި ރައްޓެހިންނާއެކު ޗުއްޓީ ހޭދަ ކޮށްލަން ރާއްޖެއިން ބޭރަށް ދިއުމަށްވުރެ މިހާރު ބައެއް ދިވެހިންނަކީ ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރަން ބޭނުންވާ މީހުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލޯކަލް ޓޫރިޒަމް ފުޅާވެފައިވާއިރު މި ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަ ކުރާ ދިވެހިންނާއި އަދި ޓޫރިސްޓުންގެ އަދަދު މަދެއް ނޫނެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރަން އަންނަ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ރިސޯޓުތަކުގެ ހަމަ ހިމޭންތަންތަނުގައި ޗުއްޓީ ހޭދަ ކޮށްލަން ބޭނުންވާތީއެވެ. ގޮނޑުދޮށަށް ނިކުމެ އިރު އަރާ މަންޒަރާއި އިރު އޮއްސޭ ހިތްގައިމު މަންޒަރު ބަލާލުމަށެވެ. ރާޅުޖަހާލާ ރީތި އަޑު އަހާލުމަށެވެ.
ރިސޯޓުތައް ފަދައިން މިފަދަ ހަމަހިމޭން މަންޒިލެއްގައި ޗުއްޓީ ހޭދަ ކޮށްލަން ބޭނުންވާ ނަމަ ބ. އަތޮޅު ފެހެންދޫގައި ހިންގަމުން އަންނަ “އަތޮޅު ރެސިޓެންސް މޯލްޑިވްސް” ހިޔާރު ކުރާށެވެ. ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އިންޑޮނޭޝިއާގެ ބާލީގެ ގެސްޓު ހައުސް ނުވަތަ ހޮޓާތައް ފަދަ ގޮތަކަށް މި ގެސްޓްހައުސް ވަނީ ފަރުމާކޮށްފައެވެ. ގިނަ އަދަދަކަށް ލަކުނޑި ބޭނުންކޮށްގެން ހަދާފައިވާ 7 ރޫމްގެ މި ގެސްޓްހައުސްއަކީ ދެމަފިރިންނާއީ އާއިލާ އާއި ކުޑަކުދިންނަށް ވެސް ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން މި ގެސްޓު ހައުސްގައި ސްވިމިން ޕޫލާއި ސްޕާގެ ހިދުމަތް ވެސް ލިބިގެން ދާނެއެވެ.
އަތޮޅު ރެސިޓެންސް މޯލްޑިވްސް، ގެސްޓުހައުސް ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ބަޔަކު ޗުއްޓީ ހެދުމަށް އެ ގެސްޓުހައުސްއަށް ދާނަމަ ލިބިގެންދާ ޑިސްކައުންޓެވެ.
“މިސާލަކަށް ސެވަން ނައިޓްސް ޗުއްޓީ އަށް އަންނަ ބަޔަކަަށް އަޅުގަނޑުމެން މިދެނީ ޓޫ ނައިޓްސް ފްރީކޮށް,” ގެސްޓުހައުސްގެ ވެރި ފަރާތް ސިރާޖު “ހަތާވީސް” އަށް ވިދާޅުވިއެވެ.

މާލެއިން ފުރައިގެން ލޯންޗުގައި ދޮޅު ގަޑިއިރުން ފެހެންދޫއަށް ދެވޭއިރު ބ. އަތޮޅަކީ ބަޔޮސްފިޔާ ރިޒާވްގައި ހިމެނޭ އަތޮޅެއްވެސްމެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެހެންދޫ އަކީ އާބާދީ އެންމެ މަދު އެއް ރަށެވެ. މީހުން މަދު ކަމަށްވީ ނަމަވެސް މިރަށުގައި ކޮންމެ އީދަކީ ވެސް އެހާމެ ފޯރި ނަގާ އީދުތަކެކެވެ.

މި ގެސްޓު ހައުސްގައި ޗުއްޓީ ހޭދަ ކުރާ ފަރާތްތަކަށް މަސް ދަތުރު ދިއުމާއި ސޭންޑް ބޭންކު ދިއުމާއި ބ. އަތޮޅުގެ ކަނޑުގެ ދިރުންތައް ބަލާލެވޭނެއެވެ. އެހެންކަމުން އަގުހެޔޮކޮށް އާއިލާ އާއި ރަހުމަތްތެރިންނާއެކު ހިތްގައިމު ހަމަހިމޭން މާހައުލެއްގައި ޗުއްޓީ ހޭދަ ކޮށްލުމަށް “އަތޮޅު ރެސިޓެންސް މޯލްޑިވްސް”އަކީ ހަމަ އެއްވަނައެވެ.
ބުކިން ހެއްދެވުމަށް:
7422422