ޑޭވިޑޯގެ ނަމުން މަޝްހޫރު ވެފައިވާ ނައިޖީރިއާގެ އެވޯޑް ހޯދާފައިވާ ލަވަކިޔުންތެރިޔާ ޑޭވިޑް އެޑެލްކޭއާއެކު މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ އޮފިޝަލް ތީމް ލަވަ ނެރެފިއެވެ.
ޑޭވިޑޯ އޭނާގެ ސޯޝަލް މީޑިއާގައި މިދިޔަ ހުކުރު ދުވަހު ބުނީ މި ލަވައަކީ އޭނާގެ ކެރިއަރަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އޮފިޝަލް ސައުންޑްޓްރެކް ނުވަތަ ތީމް ލަވައިގެ ނަމަކީ ‘ހައްޔާ ހައްޔާ’ (ބެޓާ ޓުގެދާ) ކަމަށެވެ.
“ފީފާ ވޯލްޑް ކަޕް 2022ގެ ތީމް ލަވަ ކިޔުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،” ޑޭވިޑޯ ބުންޏެވެ.
ޑޭވިޑޯގެ އިތުރުން އެ ލަވަ ދެން ކިޔާފައި ވަނީ އެމެރިކާގެ ތަރި ޓްރިނިޑާޑް ކާޑޯނާ އާއި ގަތަރުގެ ސެންސޭޝަން އައިޝާއެވެ.
ޑޭވިޑޯ އާއި އެހެން މީހުން އިހްތިޔާރު ކުރި ގޮތް ޖަސްޓިފައި ކޮށް، ފީފާގެ ރަސްމީ ޕޭޖުގައި ބުނެފައި ވަނީ އެ މީހުންގެ ޗޮއިސް އަކީ “ފުޓްބޯޅަ އާއި މިއުޒިކްގެ ޝެއާޑް ޕެޝަންތަކުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޯޑިއަންސްއާ ގުޅުވައިދިނުން” ކަމަށެވެ.
“މި ސްޓްރެޓެޖީ އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކާއި، ކުޅުންތެރިންނާއި، އާޓިސްޓުންނާއި، އެ އެންމެން ލޯބިވާ ގޭމް އަދި ލަވަތަކާ ދެމެދު އީޖާދީ އަދި މާނަވީ ގުޅުންތަކެއް އުފެއްދުމަށް ޓަކައި ތަސައްވުރު ކުރެވުނު ސްޓްރެޓެޖީއެއް” ފީފާ އިން ބުންޏެވެ.
“އެމެރިކާގެ މަޝްހޫރު ތަރި ޓްރިނިޑާޑް ކާޑޯނާ، އެފްރޯބީޓްސް އައިކަން ޑޭވިޑޯ އަދި ގަތަރުގެ ސެންސޭޝަން އައިޝާ ގެ ކޮމްބިނޭޝަންގެ ސަބަބުން ފީފާ ވޯލްޑް ކަޕާއި ފީފާ ސައުންޑް ސްޓްރެޓެޖީގެ ރޫހު ހިފަހައްޓައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންސްޕިރޭޝަން އެއްކޮށްގެން ފީފާ ވޯލްޑް ކަޕާއި ފީފާ ސައުންޑް ސްޓްރެޓެޖީގެ ރޫހު ހިފަހައްޓައިދޭ،” އިތުރަށް ފީފާ އިން ބުންޏެވެ.
“”އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ އަޑުތައް އެއްކޮށްގެން، މި ލަވަ ރަމްޒުކޮށްދެނީ މިއުޒިކާއި ފުޓްބޯޅަ – ދުނިޔެ އެއްބައިވަންތަ ކުރުވޭނެ ގޮތް” ފީފާގެ ޗީފް ކޮމާޝަލް އޮފީސް ކައި މަޑާޓީ ވިދާޅުވިއެވެ.