ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވާ ޕޯސްޓެއް-

ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްފަ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އުމުރުން ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 21:20 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިއަދު ހެނދުނު 09:50 ހާއިރު ކޯޓު އަމުރުގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަން ނިންމާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.